2 ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ 2 ވަނަ ޖަލްސާ
ބައްދަލުވުން ޗެއަރ ކުރެއްވީ: މުހައްމަދު ބަސީރު
މިނިވަން 50 ގެ އިވެންޓުގައި ބައިވެރިވާނެ ބަޔަކު ހޯދުން، ކައުންސިލްގެ ޤުރްއާން މުބާރާތަށް އެހީތެރިވުން އަދި އެކްޓިވިޓީ ކަލަންޑަރު ނިންމުން.
ނިންމުންތައް
މިރޭގެ ޖަލްސާގައި އެންމެ ފުރަތަމަ ކަމަކަށް މަޝްވަރާކުރެވުނީ "މިނިވަން 50ގެ ވެދުމާއި ދިއުން" މިއިވެންޓަށް ކޮންމެ ޖަމްޢިއްޔާއަކަށް ފުރްޞަތު ހުޅުވާލެވި އަދި ކޮންމެ އަތޮޅަކުން 1 އައިޓަމް ހުށަހަޅާގޮތަށް ހުޅުވާލެވިފައިވާތީ، މިކަމުގައި ޖަމްޢިއްޔާގެ ފަރާތުން ޢަމަލުކުރާނެ ގޮތަކީ ކޮބައިތޯ ބެލުމަށް ހުށަހެޅުނު ހުށަހެޅުމެވެ.
މިކަމުގައި މެންބަރުން މަޝްވަރާކޮށް ނިންމެވީ ޢާއްމުންގެ ތެރެއިން މިކަން ކުރާނެ ބަޔަކު ލިބޭތޯ ބެލުމަށްފަހު، ކުރާނެ ބަޔަކު ލިބިއްޖެއްޔާ އެކަމުގައި ޖަމްޢިއްޔާއިން ކުރިއަށް ދިއުމަށެވެ.
ދެވަނަ ކަމަކަށް މަޝްވަރާކޮށް ނިންމުނީ އަތޮޅު ޤުރްއާން މުބާރާތަށް ތައްޔާރުވާ ޤުރްއާން މުބާރާތަށް ތައްޔާރުވުމަށް ބާއްވާ ކައުންސިލް ޤުރްއާން މުބާރާތަށް އެހީތެރިކަން ދިނުމަށް ކައުންސިލުން އެދިފައިވާތީ، އެކަމުގައި އެހީތެރިކަން ދިނުމަށެވެ.
މިރޭގެ އެންމެ ފަހުގެ ކަމަކަށް އޮތީ މިއަހަރުގެ އެކްޓީވިޓީ ކަލަންޑަރު ނިންމުމެވެ.