އެންމެފަސް

ރަށުގެ ކަނބަލުން ބަށި ކުޅުމަށް ބޭނުންވާ ސާމާނު އުތީމު ޔުނައިޓެޑުން ހަދިޔާކޮށްފި

2 ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ 4 ވަނަ ޖަލްސާ

ޑިސެމްބަރ 4، 2015 · 20:45

ބައްދަލުވުން ޗެއަރ ކުރެއްވީ: މުހައްމަދު ބަސީރު

މިނިވަން 50 ފުނައިގެ ބަޖެޓަށް ލިބުނު ފައިސާގެ ދަތިކަމާ މެދު މަޝްވަރާކުރުމާއި، އޮފިޝަލުންގެ ޓީޝާޓް ޑިޒައިން ފާސްކުރުން.

ނިންމުންތައް

ޖަލްސާއަށް ޚާޒިރުވި މެންބަރުންގެ އަދަދު : 08

  • މިރޭގެ ބައްދަލުވުމުގައި ވާހަކަ ދެކެވުނީ މިނިވަން 50ގެ ފުނަ އަށް ހެދި ޕްރޮޕޯރސަލަށް ފައިސާނުލިބޭތީ އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. މިކަމަށް ހެދި ޕްރޮޕޯސަލާ ޚިލާފަށް ޚަރަދު ކުރަން ލިބޭނެ ކަމަށް ވިދާޅުވީ ކޭން ތައްޔާރުކުރުމަށް -/5000 (ފަސްހާސް ރުފިޔާ) އަދި ހެދުން ތައްޔާރުކުރުމަށް -/12000 (ބާރަހާސް ރުފިޔާ) ކަމަށެވެ.

  • އަދި މިކަމުގައި އިތުރަށް މިނިސްޓްރީއާ ވާހަކަ ދައްކައިގެންވެސް ނުވަތަ އެހެނިހެން ފަރާތްތަކާ ވާހަކަ ދައްކައިގެންވެސް އިތުރު ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

  • މިބައްދަލުވުމުގައި އޮފިޝަލުން ބޭނުންކުރާނެ ޓީޝާޓްގެ ކުލަ ފާސްކުރެވުނެވެ. އެގޮތުން ރިޔާސަތުން ޑިޒައިންކޮށް، ވައިބަރ ގްރޫޕުގައި ހިއްސާކޮށްފައިވާ ޑިޒައިނާ ކުލަ އެއީ އެންމެ ރަގަޅު ކުލަ އާއި ޑީޒައިން ކަމަށް ފާށްކުރެވުނެވެ.