ރަށުގެ ކަނބަލުން ބަށި ކުޅުމަށް ބޭނުންވާ ސާމާނު އުތީމު ޔުނައިޓެޑުން ހަދިޔާކޮށްފި
ރަށުގެ ކަނބަލުން ބަށި ކުޅުމަށް ބޭނުންވާ ސާމާނު އުތީމު ޔުނައިޓެޑްގެ ފަރާތުން އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އަށް މިއަދު ހަދިޔާކޮށްފިއެވެ.
ދިވެހިންގެ ސަޤާފީ ކުޅިވަރެއްކަމަށްވާ ބަށި ކުޅުމަށް ބޭނުންވާ ސާމާނު ހަދިޔާކުރުމުގެ މައިގަނޑު މަޤްޞަދަކީ، ރަށުގެ ކަނބަލުންނަށް މި ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިކޮށްދީ، ކުޅިވަރުގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވައި، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއެޅުމެވެ.
މި ދީލަތި އެހީތެރިކަމަށްޓަކައި އުތީމު ކައުންސިލާއި، އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނަމުގައި އުތީމު ޔުނައިޓެޑް ޖަމްޢިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައިފައިވެއެވެ.
އުތީމު ޔުނައިޓެޑަކީ ރަށުގެ އިޖުތިމާޢީ ތަރައްޤީއަށާއި، ކުޅިވަރާއި އެކުވެރިކަން އާލާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.