އުތީމު ޔުނައިޓެޑް ގްރީން ޕްރޮޖެކްޓް 2013

ނޮވެމްބަރ 29، 2013

އުތީމު ޔުނައިޓެޑާއި ބަންޔަންޓްރީ ހޯލްޑިންގްސް ގުޅިގެން އުތީމުގައި ގަސް އިންދުމުގެ ހަރަކާތެއް ހިންގައިފިއެވެ. 'އުތީމު ޔުނައިޓެޑް ގްރީން ޕްރޮޖެކްޓް 2013' ގެ ނަމުގައި ކުރިއަށް ގެންދިޔަ މި އިވެންޓް އޮތީ 29 ނޮވެމްބަރު 2013 ގެ ހެނދުނު ބޭއްވުނު ކުރު ރަސްމިއްޔާތަކަށް ފަހުގައެވެ.

މި ރަސްމިއްޔާތު ފެށުނީ އަލްފާޟިލް އިބްރާހީމް އިމާޒް ކީރިތި ޤުރުއާން ކިޔަވައިދެއްވުމުންނެވެ. އަދި މި ރަސްމިއްޔާތުގައި އުތީމު މެޖިސްޓްރޭޓް އަލްފާޟިލް އަޙްމަދު ސިރާޖް ބައިވެރިވެވަޑައިގެންނެވިއެވެ. ބަންޔަންޓްރީ ހޯލްޑިންގްސްގެ ފަރާތުން އަލްފާޟިލް ޢަލީ ނަޝީދު ވާހަކަދެއްކެވި އިރު، އުތީމު ޔުނައިޓެޑްގެ ފަރާތުން އަލްފާޟިލް ޢަލީ ޙާފިޡާއި އަލްފާޟިލް އަޙްމަދު ސުހައިލް ވާހަކަދެއްކެވިއެވެ.

ގަސް އިންދުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވީ ޝަރަފުވެރި މެހުމާނު އަދި އުތީމު ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް އަޙްމަދު ސިރާޖް ފުރަތަމަ ގަސް އިންދަވައިދެއްވުމުންނެވެ. އެއަށްފަހު، ރަށުގެ ރައްޔިތުން ފޯރިއާއެކު ބައިވެރިވެ ރަށުގެ އެކި ސަރަޙައްދުތަކުގައި ތަފާތު ގަސްތައް އިންދައި، ތިމާވެށި ރައްކާތެރިކުރުމަށް މުހިންމު ފިޔަވަޅެއް އެޅިއެވެ.